އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް އުފުލާފައިވާ ދަޢުވާގެ މިއަދު ޝަރީއަތް ކެންސަލް ކޮށްފި އެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ކުރީ އިދާރީ ސަބަބަކާއި ގުޅިގެން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ. މަހްލޫފްގެ މައްޗަށް ވަނީ ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތާއި އޭސީސީ އަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ކޮށްފަ އެވެ.

ރިޝްވަތު ނެގި ކަމުގެ ދައުވާ މަހްލޫފަށް ކޮށްފައި ވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ އެވެ.