ބޮލުން ހަންފޮޅުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އާންމު މައްސަލަ އެކެވެ. އާންމުކޮށް ބޮލުން ހަންފޮޅެން މެދުވެރިވަނީ ހަންގަނޑު ހަލާކުވުމުންނާއި ހަންގަނޑު މާ ބޮޑަށް ހަރުވެ ހިކުމުންނެވެ. ބައެއް ފަހަރު އެލާޖީއެއްގެ ސަބަބުންވެސް ހަންފޮޅެން މެދުވެރިވެ އެވެ. ހަންފޮޅުން އާންމުކަމަކަށް ވެފައިވާއިރު ބޮލުން ހަންފޮޅުން ހުއްޓުވުމަށް ގޭގައި ވެސް ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ.

ބޭކިން ސޯޑާ

ބޭކިން ސޯޑާއަކީ ހަންފޮޅުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެއީ ބޭކިން ސޯޑާއަކީ ޖަރާސީމު ފިލުވުމުގެ ގާބިލްކަން ލިބިފައިވާ އެއްޗަކަށް ވާތީ އެވެ. އެހެންކަމުން ބޮލުގައި ފެން ލުމަށްފަހު ބޭކިން ސޯޑާ ބޮލުގައި ރަނގަޅަށް ހޭކުމުންވެސް ހަންފޮޅުން ހުއްޓުމަށް ގެންނަން އެހީވެދެ އެވެ.

އޮލިވް އޮއިލް

މިއީ ބޮލަށް އެންމެ ބޮޑަށް ފަރުވާދޭ ތެލެވެ. މިގޮތުން ބޯ ދޮންނަ އިރު ޝޭމްޕޫ އާއެކު މި ތެޔޮ ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. އެތެލުގައި ހަންގަނޑަށް ފައިދާ ލިއްބައިދޭ މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ.

ކާށި ތެޔޮ

ކާށިތެލަކީވެސް ހަންފޮޅުން ހުއްޓުވުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެއީ ކާށިލެތަލީ ހަންގަނދުގެ ދުޅަހެޔޮކަށް އުނގުޅުން މުހިއްމު ތެލެކަށް ވާތީއެވެ. އެހެންކަމުން ބޯ ދޮވުމުގެ ކުރިން ކޮންމެ ދުވަހަކު ކާށިތެތެލުން ބޮލުގައި ރަނގަޅަށް މަސާޖު ކޮށްލާށެވެ.

ލުނބޯ

ކޮންމެ ދުވަހަކު ލުނބޯ ހުތް ފެނަށް އަޅައިގެން ބޯ ރަނގަޅަށް ދޮންނާށެވެ. މިކަމުގެ ސަބަބުން ހަންގަނޑުގައިވާ ޖަރާސީމު ނެތިގެން ގޮސް މަރުވެފައިވާ ހަންގަނޑުގައި މަރުވެފައިވާ ސެލް ތަކުގެ އަދަދު މަދުކޮށްދޭނެ އެވެ.

ރާހުތް

މިއީވެސް ހަންފޮޅުވުމުން ދުރުކޮށްދޭ އެއްޗެކެވެ. މީގައި އެންމެ އެދެވޭ ގޮތަކީ ކުޑަ ރާހުތް ކޮޅެއް ފެނާއި އެއްކުރުމަށްފަހު ބޮލަށް އެޅުމެވެ. އަދި 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް ބޯ ދޮވެލުމެވެ. މިގޮތަށް ދުވާލަކު ދެއިރު ކަންތައް ކުރުމުން ވަރަށް އަވަހަށް ބޮލުން ހަންފޮޅުން ހުއްޓިދާނެ އެވެ.