ޒުވާން އުމުރުގައި ބޮލުގެ އިސްތަށިގަނޑު ނުރަވުމަކީ ގިނަ ޒުވާނުންނަށް ކުރިމަތިވާ ކަމެކެވެ. މިއީ ކަންބޮޑުވާ ކަމެއް ނަމަވެސް ގޭގައި ކުރެވޭ ވަރަށް ފަސޭހަ ފަރުވާ ތަކަކުން ހައްލު ހޯދިދާނެ ކަމެކެވެ.

އާމްލާ އަދި ކާށިތެޔޮ

އާމްލާ އަވީގައި ބަހައްޓައިގެން ހިއްކާލުމަށްފަހު ހިމުންކޮށް މުގުރައި، ހޫނުކޮށްފައިހުރި ކާށިތެޔޮފޮދަކާއި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތަލައިގައި ރަނގަޅަށް ހޭކުމަށްފަހު 15 ނުވަތަ 20 މިނެޓް ބަހައްޓައި އޭގެ ފަހުން ބޯ ދޮވެލާށެވެ. މިގޮތަށް ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި ހަދަމުން ގެންދާށެވެ.

ކޮފީ އަދި ސައިފަތް

ހޫނު ފެންފޮދެއްގެ ތެރެއަށް ދެ މޭޒުމަތީ ސަމްސަލުގެ ކޮފީއާއި ދެ ސައިފަތް އުރަ ލާފައި ބަހައްޓާށެވެ. އަދި ހިހޫ ވުމުން އެ ފެން އިސްތަށިގަނޑުގައި އުނގުޅާލާށެވެ.

ހިކަނދިފަތް އަދި ޔޯގަޓް

ހިކަނދިފަތް މުގުރުމަށްފަހު ޔޯގަޓާ އެއްކޮށް އިސްތަށިގަނޑުގައި ހާކައި 15 ނުވަތަ 20 މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް އެއް މޭޒުމަތީ ސަމްސާ ގިތެޔޮ ހޫނު ކޮށްލުމަށްފަހު ތަލައިގައި މަސާޖްކޮށްލުމަކީ ވެސް އިސްތަށިގަނޑު ނުރަވުން ހުއްޓުމަށް އޮތް ހައްލެކެވެ.