ރާއްޖޭގެ އެތެރެ ކުރި ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލައިފި އެވެ. 120 މަރާލަން ލަފާ ދިނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނެ އެވެ.

އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި ކަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މިދޫނިތައް އެތެރެކުރި ފަރާތުން ބުނެފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން ދޫނިތައް ނައްތާލާފައިވާއިރު، އެ ދޫނިތަކަކީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ދޫނިތަކެއް ނޫންކަމަށެވެ. ނަމަވެސް ފަހުން ގާނޫނަށް ބަދަލުގެނެސް އެފަދަ ދޫނިތައް އެތެރެކުރުމުގެ ހުއްދަ ލިބިފައިވާކަމަށާއި އެ ދޫނިތައް ނައްތާލާފައިވަނީ ވަރަށް އަނިޔާވެރި ކަމާއެކުގައި ކަމަށްވެސް ބުނެފައިވެ އެވެ. އަދި ދޫނިތަކުގެ އަގު އެއް މިލިއަނަށް އަރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިނިސްޓްރީން ދޫނިތައް މަރާލާފައިވަނީ ދޫނިތައް ހިފެހެއްޓި މައްސަލަ ސިވިލް ކޯޓުގައި އޮއްވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.