ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހުގަ އެވެ. އަންނަ ހުކުރު ދުވަހު ޅ. އަތޮޅުގެ ހަ ރަށަކަށް ރައީސުލުޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޅ.މަޑިވަރު، ޅ.ހިންނަވަރު، ޅ.ފެލިވަރު، ޅ.ނައިފަރު، ޅ. އޮޅުވެލިފުށި އަދި ޅ. ކުރެންދޫ އެވެ.
ރައީސް ޅ. އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ މިހާތަނަށް 7 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. މިދިޔަ އަހަރުގެ މިި މުއްދަތުގައި ދަތުރުތަކަށް ހަރަދުވެފައިވަނީ 5.8 މިލިއަން ރުފިޔާ އެވެ. މިއަހަރު ދަތުރުތަކަށް ހަރަދު ކުރުމަށް ބަޖެޓް ކޮށްފައިވަނީ ޖުމްލަ 203 މިލިއަން ރުފިޔާ އެވެ.
ނަފްސާނީ މައްސަލަތަކަށް ބްރިޓްނީ އެންމެ ފަހުން އިއުތިރާފް ވެއްޖެ
މެލޭޝިއާގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފި
ދުންފަތުގެ ޑިއުޓީއާ ގުޅިގެން ޔޫޓާނެއް ނުނަގަން: ރައީސް