ގިނަ ބަޔަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަދި އެކަމަށް ދާއިމީ ފަރުވާ އެއް ހޯދަން ބޭނުންވެ ކާމިޔާބު ނުވެފައިވާ އެއްކަމަކީ ބޮލުން އިސްތަށި ފޭބުމެވެ. އެތައް ޝޭމްޕޫ އެއްގެ އަޖުމަ ބަލައިގެން ވެސް އިސްތަށި ފޭބުން ހުއްޓުމަކަށް ނައުމަކީ ގިނަ ބަޔަކު މިހާރު އެންމެ ފިކުރު ބޮޑުވާ އެއް މައްސަލަ އެވެ.

އިސްތަށި ފޭބުން ހުއްޓުވުމަށް ގޭގައި ތައްޔާރުކޮށްގެން ބޮލުގައި ހެއާ މާސްކް އަޅައިލެވިދާނެ އެވެ.

ބިސް/ގްރީން ޓީ

ބޭނުންވާ ތަކެތި

  • އެއްބިހުގެ ގޮބޮޅި
  • 2 މޭޒުމަތީ ސަމްސާ ގްރީން ޓީ

ތައްޔާރު ކުރާނެ ގޮތް

ބިހުގެ ގޮބޮޅި އާއި ގްރީންޓީ ފޮދު އެއްކޮށް ގިރާލާށެވެ. ބޮލުގެ ހަންގަނޑިގައި އިސްތަށިތަކުގެ ބުޑާ އެއްކޮށް ރީތިކޮށް އުނގުޅާލާށެވެ. ޝަވާ ކެޕެއް އަޅައި، މައިލްޑް ސްޓީމް ކޮށްލާށެވެ. 30 މިނެޓް ފަހުން ފިނިފެނުން ދޮވެލާނީ އެވެ. ހަފްތާ އަކު ތިން ފަހަރު މި މާސްކް ބޭނުން ކުރާށެވެ.

ބިސް/ފިޔާ

ބޭނުންވާ ތަކެތި

  • އެއް ބިހުގެ ގޮބޮޅި
  • އޮލިވް އޮއިލް
  • އެއް މޭޒުމަތީ ސަމްސާ މާމުއި
  • ދެ ފިޔާ ގެ ދިޔަ

ތައްޔާރު ކުރާނެ ގޮތް

ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު، އިސްތަށިތަކުގެ ބުޑުގައި އުނގުޅާ 15 މިނެޓް ބަހައްޓާށެވެ. ބާކީ ހުރި ބައި އިސްތަށިގަނޑުގެ ބާކީ އޮތް ބައިގައި އުނގުޅާށެވެ. 30 މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ.

މާމުއި/ލޮނުމެދު

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމްސާ ލޮނުމެދު ޖޫސް
  • 1 މޭޒުމަތީ ސަމްސާ މާމުއި
  • 2 މޭޒުމަތީ ސަމްސާ އެލޯވެރާ ޖޫސް
  • 1 ބިހުގެ ގޮބޮޅި

ތައްޔާރު ކުރާނެ ގޮތް

ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ބޮލުގެ އިސްތަށީގެ ބުޑުގުން ފެށިގެން ކޮޅަށް ރަނގަޅަށް އުނގުޅާލާށެވެ. 20 މިނެޓް ބަހައްޓައި ދޮވެލާށެވެ. ޝޭމްޕޫ އަދި ކޮންޑިޝަނާ ކޮށްލަން ވާނެ އެވެ.