ހއ. ހޯރަފުށީގައި ފަޅުން ބައެއް ހިއްކައިގެން ހެދި އެއާޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖައްސައި، އަންގާރަ ދުވަހު ދުވަހު ރަސްމީކޮށް ހުޅުވަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު އިތުރު މައްސަލައެއް ނެތްނަމަ ވީއެންމެ އަވަހަކަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެ އެއާޕޯޓް ހުޅުވުމަށް މިހާރު ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އުފަން ރަށުގައި ހަދާފައިވާ އެއާޕޯޓް ހުޅުވަން އެ މިނިސްޓްރީން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އެއާޕޯޓުގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެ އެވެ. އަދި 8،635 އަކަމީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަ މީޓަރުގެ ފަޔާ އެކްސެސް މަގެއް ވެސް ހަދާފައިވެ އެވެ.
މި މަޝްރޫއަށް ސަރުކާރުން 198 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެގޮތުން އެ އެއާޕޯޓު ހެދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ހިއްކި އެވެ. މިއީ ހއ. އަތޮޅުގައި ހަދާ ފުރަތަމަ އެއާޕޯޓެވެ.
ކެޓްރީނާގެ އުފަން ދުވަހު ލައިގެން ހުރި ހެދުމުގެ އަގު އެނގޭތަ؟
"ދަ އޮޑިސީ"ގެ ކާމިޔާބަށްފަހު ކްރިސްޓޮފާ 3 އަހަރުގެ ބްރޭކް އަކަށް!
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުނުކުރާ މައްސަލަ މަޖިލީހަށް
