ޕިކަޕެއްގައި ގެންދަނިކޮށް ރޭ އަތުލައިގަތީ ވައިގެމަގުން އެތެރެކުރި 17 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ މި މައްސަލާގައި ހަތަރު މީހަކު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 27-37 އަހަރުގެ ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހަކެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ޑްރަގްސް އަރުވައިގެން ދަނިކޮށް ޕިކަޕް ހިފެހެއްޓީ ރޭ 8:30 ހާއިރު، ސޯސަންމަގުންނެވެ.

އެ މައްސަލައާ ގުޅިގެން 27 އަހަރާއި 37 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ދިވެހި ދެ ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.