އުމުރުން އެންމެ ތިން އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ހިންގި މި ޖަރީމާއާ ގުޅިގެން އެ ކުއްޖާގެ ބައްޕަ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ތަހުގީގު ކުރިއަށްދާތީ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި އިހުމާލުވުމުގެ މައްސަލަތައް އިތުރުވަމުން ދިއުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް އިޖުތިމާއީ ސީރިއަސް މައްސަލައެކެވެ.
އެމެރިކާއިން އީރާނުގެ ލާރަކް އައިލެންޑަށް ހަމަލާދީފި