ރޭގަނޑު އަވަހަށް ނިދާ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ރަނގަޅުވެ އޭނާގެ ފަރާތުން ދަރިން ލިބުމުގެ ފުރުސަތު އިތުރު ކޮށްދޭ ކަމަށް ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ޑެންމާކުގެ އާހުސް ޔުނިވާސިޓީގެ ސައިންސްވެރިންތަކެއް ހެދި ދެ އަހަރު ދުވަހުގެ އެ ދިރާސާގައި އުމުރުން 34 އަހަރުން މަތީގެ 104 ފިރިހެނުންގެ ނިދުމާއި އެމީހުންގެ ދަރިފަނީގެ ސާމްޕަލްގެ ތަހުލީލު އަޅާ އަޅާ ކިޔާފައިވެ އެވެ.
ދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ރޭގަނޑު 11:30 ނުވަތަ އޭގެ ވެސް ލަހުން ނިދާ ފިރިހެނުންނަށް ވުރެ ރޭގަނޑު 10:30 ގެ ކުރިން ނިދާ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ހަތަރު ގުނަ ރަނގަޅެވެ.
އަދި ރޭގަނޑުގެ އަށް ގަޑިއިރުގެ ނިދި ލިބޭ ފިރިހެނުންނަށް ވުރެ ދުވާލަކު ހަތް ގަޑިއިރަށްވުރެ މަދުން ނިދި ލިބޭ ފިރިހެނުންގެ ދަރިފަނީގެ ސިއްހަތު ހަ ގުނަ ނިކަމެތި ކަމަށް ވެސް އެ ދިރާސާއިން ވަނީ ދައްކާފަ އެވެ.
މާހިރުން ގަބޫލުކުރާ ގޮތުގައި،މީގެ ސަބަބަކީ ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޭގެ ނޭދެވޭ އަސަރުތަކޮށް މާ ބޮޑަށް ހަރަކާތްތެރިވެ ދުޅަހެޔޮ ދަރިފަނިތަކަށް ހަމަލާދޭތީ އެވެ.
އަދި ރަނގަޅަށް ނިދި ނުލިބުމުން ފިރިހެނުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސްޓްރެސްއާ ކުރިމަތިވެ، އެކަމުގެ ސަބަބުން ވެސް ދަރިން ލިބުމުގެ ފުރުސަތު ކުޑަ ކޮށްދޭ ކަމަށް މާހިރުން ބުނެ އެވެ.
އެހެންކަމުން ކުއްޖަކު ހޯދަން މަސަައްކަތްކުރާ ދެމަފިރިން ރޭގަނޑު ނިދާ ގަޑީގައި ފޯނާ ކުޅުމާއި ނެޓްފުލިކްސް ނުވަތަ ފިލްމު ބަލަން ތިބުން ނުވަތަ ލަސް ވަންދެން ކޮފީގައި ތިބުންފަދަ ރޭގަނޑުގެ ނިދިން މަހުރޫމް ކުރުވާ ކަންކަމަށް ސަމާލުވުމަށް މާހިރުން ލަފާ ދެއްވަ އެވެ.
ކޮންމެހެން 8 ގަޑިއިރު ނިދައިގެނެއް ނޫން އެއީކީ. ޑެންމާކާ ހުޅަނގުގެ އެހެން ސައިންސުވެރިންވެސް ތިހެންކިޔައިގެން އެއުޅެނީ ރޭއަޅުކަން މުސްލިމުންނާ ދުރުކުރުވަން. ނަބީ ބޭކަލުން ރޭގަނޑު ގިނަވަގުތު އަޅުކަމުގަ. މެންދުރު ނިދިގަނޑެއް ޖަހާލާ. ހެސްކިޔާފަ ދަރިން ހޯދާފަ އެބަހުރި. ޤުރުއާނުގަ އޮތީ ގިނަ ދަރިން ހޯދަން މަސައްކަތް ކުރުމަށާ އެއީ ރިޒުގެއް ކަމަށް. އަދި ހަމަހިމޭން ވަގުތު އެބަހީ ރޭގަނޑު ވެރިރަސްކަލާނގެ މަތިން ހަދުމަކުރާ މީހާއަށް ތިމަންރަސްކަލާނގެ ލޯބިވެ ވޮޑިގެންވާ ކަމަށް.