މޯލްޑިވިއަންއިން ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށިތާ ހަފްތާއެއް ނުވަނީސް މެދުކަނޑާލައިފި އެވެ.
އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން ލަންކާ އަށް ދަތުރުތައް ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އައިލެންޑް އޭވިއޭޝަން އިން ބުނީ ރަތުމަލާނާއަށް ކުރާ ދަތުރުތައް ރޯދައަށް ފަހު ފެށުމަށް ނިންމީ ރޯދަ މަހު ދަތުރުކުރާ މީހުންގެ އަދަދު މަދުވާ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.
އެ ކުންފުނިން ކުރިން ބުނީ ރަތުމަލާނާގެ އެއާޕޯޓާ ކައިރި ސަރަހައްދުތަކުގައި ވަރަށް ގިނަ ދިވެހިން ދިރިއުޅުމަކީ މި އެއާޕޯޓަށް ދަތުރުތައް ފަށާ އެއް ސަބަބު ކަމަށާއި މިދަތުރުތަކާ ގުޅިގެން ދިވެހިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް މީގެކުރިން ކުރަމުން ދިޔައީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަށް ކުރާ ދަތުރުތަކަށް ވުރެ ރަތުމަލާނާ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ވަގުތު ކުރުވާނެ އެވެ.
ރަތުމަލާނާ އެއާޕޯޓަކީ ލަންކާގައި 1935 ވަނަ އަހަރު ގާއިމުކުރި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެއާޕޯޓެވެ. މިދިޔަ ގިނަ އަހަރުތަކުގައި މި އެއާޕޯޓް ބޭނުންކުރީ ޑޮމެސްޓިކް އޮޕަރޭޝަންތަކުގެ އިތުރުން ބައެއް ޕްރައިވެޓް ޖެޓުތަކަށެވެ.
ދަގަނޑޭގެ މުދާ ވިއްކައިގެން ނަމަވެސް ދަރަނި ދައްކަން އެދެފި
މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ "ދޮންކޮ" ނެރެފި
"އެވެޓާ"ގެ އާ ފިލްމަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!