ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ފީ ނަގަން ފެށުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން 500 ޑޮލަރުގެ ފީއެއް ނެގުމަށް ނިންމި އެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ގުޅިގެން ފަހުން މި އަގު ވަނީ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު އަދި 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު ނެގުމަށް ނިންމާފަ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ ސަފާރީތަކުން ފީ ނެގުން ފަސް ކުރުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް މިގޮތަށް ނިންމި ސަބަބެއް އެކައުންސިލުން ހާމަކޮށްފައިނުވެ އެވެ.

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ 50 ޑޮލަރެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މުޅި ޖުމްލަ 150 ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އަދި މި 150 ސަފާރީގައި ޖުމްލަ 2،954 އެނދު އޮޕަރޭޓްކުރެ އެވެ