މިއަހަރުގެ ފިތުރު އީދު ދުވަހުގެ ވަކި ވަގުތެއްގައި މާލޭގައި ހިނގާފައި އުޅޭގޮތަށް ކަނޑައަޅާ ވެހިކަލް ދުއްވުން ހަތަރު ގަޑިއިރަށް މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އީދު ދުވަހުގެ ހަވީރު ހަވީރު 4 އިން ރޭގަނޑު 8 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ. އަދި މި ވަގުތުތަކުގައި ދުއްވުމުގެ ހުއްދަ ލިބޭނީ ސަލާމަތީ ޚިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަޖެންސީ ހާލަތްތަކުގައި ކޮންމެހެން ދުއްވަންޖެހޭ އުޅަނދުތަކަށް އެކަނި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އީދު ދުވަހު ހަވީރުގެ ވަގުތު ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމުގެ އިތުރަށް ވަޅު ޢީދު ދުވަހު ހެނދުނު 9:00 އިން ފެށިގެން އެ ރޭގެ 7:00 ޖެހުމާއަށް ހަމައަށް މާލޭގެ ބައެއް މަގުތައް ބަންދުކުރުމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މި ނިންމުމުގެ ދަށުން ބަންދުކުރާ ސަރަހައްދަކީ މާފަންނު ރަސްފަނު ހިމެނޭ ސަރަހައްދެވެ. އެގޮތުން މަޖީދީމަގުން ފެށިގެން ރަސްފަނުން ކުރިމަތިން އުތުރަށް ގޮސް ކުރީގެ ވެސްޓްޕާކު ހުރި ހިސާބަށް ބޮޑުތަކުރުފާނު މަގު ވެހިކަލްތަކަށް ބަންދުވާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.
މާލޭގެ ހުޅަނގު ފަރާތުން އެންމެ ބޭރު މަގުގައި ވަޅު އީދުދުވަހު ބަންދުކޮށް ވެހިކަލް ދުއްވުން މަނާކޮށްފައި މިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އެދުވަހު ބާއްވާ ކުޑަކުދިންގެ ހަވީރަށް ފުރުސަތުދިނުމުގެ ގޮތުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ވަގުތުތަކުގައި މަގުމަތީގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
ކޮންމެ އަހަރެއްގެ ޢީދު ދުވަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ވަގުތުތަކެއްގެ ގޮތުގައި ހަމަޖައްސަ އެވެ. މިގޮތަށް ހަމަޖައްސަނީ އީދު ދުވަހުގެ ހަވީރުގެ ވަގުތުތަކަކީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގިނަ އަދަދެއްގެ ބަޔަކު ތަންތަނަށް ދާން ބޭނުންވުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ބޭނުމުގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.