ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ލަސްވާތީ އެކަމާ ކަންބޮޑުވާ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް މިއަދު އެއް އަހަރު ފުރުމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ އެމަނިކުފާނުގެ އިތުރުން ދިވެހި މުޖްތަމައުުއާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު އެމަނިކުފާނުގެ ރަސްމީ މަަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.
"އެ ހަމަލާއަށް މިއަދު އެއް އަހަރު ފުރިގެންދާއިރު އެ ހަަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތް ލަސްވަމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޝަރީއަތް ނިމިފައިވަނީ އެންމެ ފަރާތެއްގެ އެވެ. އަދި އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ބާކީ ތިބި 8 ފަރާތުގެ ޝަރީއަތް ވަނީ އެކި ސަބަބުތަކާ ހުރެ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ޓެރަރިސްޓް ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުން ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމަށެވެ. އަދި އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު އެމަނިކުފާނުގެ ރަސްމީ މަަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް އަވަހަށް ތަހުގީގު ހިންގުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. އެ ހަމަލާއަކީ ފަހުގެ ތާރީހުގައި ދިން އެންމެ ބޮޑު ހަމަލާ ކަމަށް ވާއިރު، އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މަޖްލިސްގެ ނަމުގަ ކޮންހާ ހާސަރެއްހޭ ތިޔަ ދަނީ . ތިމާގެ އަމިއްލަ ނަމުގަ ނޫނީ އާއިލާގެ މީހެއްގެ ނަމުގަ ޓްވީޓް ކޮށްބަލަ އެއިރުން ރައްޔިތުން ތަންކޮޅެއް ހަމްދަރުދީ ވާނެހެން ހީވަނީ މިހާރުވެސް ތިޔަ ބާރުގެ ބޭނުންކޮށްގެން ދައުލަތުގެ ނަމުގައި ނާޖާއިޒް ފައިދާ އެއް ތިޔަ ހޯދެނީ.