މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކޮށްގެން ޓެމޫ، އަލީއެކްސްޕްރެސް، ޝެއިން، އަދި އަލީބާބާ ފަދަ އޮންލައިން ވިޔަފާރިތަކުން ވިޔަފާރި ނުކުރެވޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން ހާމަކޮށްފައިވާ ގޮތުގައި އެ ބޭންކުގެ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކަށް ފައިސާ ދެއްކުން މިހާރު ވަނީ ބަންދުކުރެވިފަ އެވެ. މި ބަދަލާއެކު، ކުރިން ކާޑުތަކަށް ދޫކޮށްފައިވާ 250 ޑޮލަރުގެ މަހު ލިމިޓް، ދެން ބޭނުންކުރެވޭނީ ހަމައެކަނި ކޮންމެހެން ބޭނުންވާ ޒަރޫރީ ހިދުމަތްތަކަށް އެކަނި ކަމަށް އެ ބޭންކުން ބުންޏެވެ.
މި ލިމިޓް ބޭނުންކުރެވޭނީ ކަސްޓަމަރުންގެ އާއްމު ދިރިއުޅުމަށް ބޭނުންވާ ސަބްސްކްރިޕްޝަން ހިދުމަތްތަކާއި، ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް އެކަންޏެވެ.
މީގެ އިތުރުން، ސިއްހީ ފަރުވާ ހޯދުމަށާއި، ޗުއްޓީ ހޭދަކުރުމުގެ ހަރަދުތަކަށް ވެސް މި ލިމިޓް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމީ ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެ ބޭންކުން ބުންޏެވެ.
ރުޅިގަދަ ވުން: ތެރަޕީ ހޯދަންޖެހޭ ކަމުގެ 6 އިޝާރާތެއް!
މާ ގިނައިރު މަސައްކަތް ކުރާނަމަ ސްޓްރޯކްއާއި ހިތުގެ ބަލިތައް ޖެހޭ
ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމު އަލުން އެޕަލް އަށް

އަމިއްލަ މަސައްކަތުން ހޯދާ ފައިސާ ޙަރަދު ކުރާނެ ގޮތް އިނގެނީ މި މީހުންނަށްތަ؟ ރައްޔިތުންނަށް ފައިދާ ވާނެ ކަމެއް ވިއްޔާ ހުއްޓުވާތި. މިދެން ދެރަ ވެއްޖެ ކަމެއް.
ބޭންކު ތަކުން ހީކުރަނީ އަހަރެމެން ޓމޫ އިން ގަންނަނީ ނާޗަރަންގީ ކުޅޭ ސާމާނު ކަމަށް ތަ؟
ދެން ކޮބާތަ ތިޔަ ބުނާ ޒަރަޫރީ ބޭނުމަކީ. ހަމަ ބަލާބޮޑުކުރަން.. އެނޫން ކަމެއްނޫން