ވިލިމާލެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވޯޓުލުމަށް ބެހެއްޓި ވޯޓު ފޮއްޓެއްގެ ދެ ވޯޓު ކަރުދާސް އަލުން ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަނުން މިގޮތަށް ނިންމާފައިވަނީ، އެ ބައި-އިލެކްޝަން ވޯޓު އަލުން ގުނައިދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ ހުށައެޅުމުންނެވެ. އިލެކްޝަނުން ބުނެފައިވަނީ އަލުން ޗެކް ކުރުމަށް ނިންމީ ވޯޓު މުހިއްޔުދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ދެ ވޯޓު ކަރުދާހެއްގައި ޝަކުވާ ހުރެގެން ވޯޓު ފޮށީގެ ވެރިޔާއަށް ހުށަހެޅި ދެ ކަރުދާސް ކަމަށެވެ. މި ދެ ވޯޓު ކަރުދާސް އަލުން ބެލުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި އިންތިހާބުގައި ވާދަކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއާއި، އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ. މި އިންތިހާބު ޕީޕީއެމްގެ ކެނޑިޑޭޓް ނާޒިމާ ކާމިޔާބުކުރީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. މި އިންތިހާބުގައި ނާޒިމާއަށް ލިބުނީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބުނީ 358 ވޯޓެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.