ލޮލުން ފެން އައުމަކީ ލޮލުގައި ހުންނަ ޖަރާސީމުތައް ބޭރުކޮށްދީ އިންފެކްޝަންތަކުން ދުރުކޮށްދޭ ކަމެއް ނަމަވެސް އަބަދު ލޮލޮން ފެން އައުމަކީ ގެއްލުންހުރި ކަމެކެވެ. މިއީ ގޭގައިވެސް ފަރުވާ ހޯދިދާނެ ކަމެކެވެ.

ލޮލުން ކަރުނަ އައުމަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި އެލާޖިކްވުން، ޖަރާސީމު ގިނަވުން، ރޯގާ ޖެހުމާއި ހުން އައުން، އެއްޗެއް ލޮލުގައި އޮތުން ނުވަތަ ކެމިކަލްއެއް ލޮލަށް އެޅުން ފަދަ ކަންކަން ހިމެނެ އެވެ.

އާންމުކޮށް ލޮލުން ފެން އަންނަން ފަށަނީ އެއްޗެއް އޮތުމުން ނުވަތަ ވެއްޓުމުންނެވެ. އެއްޗެއް ވެއްޓުމުން އަތް ނުދޮވެ ލޯ ހިރުވާލުމުން އަތުގައި ހުންނަ ޖަރާސީމުތައް ލޮލަށް ވަދެ އެވެ. އެހެންކަމުން ސާފު ފެނުން މޫނު ދޮވެލާ ލޮލުގައި އެއްޗެއް އޮތްނަމަ މަޑުމަޑުން ނަގާށެވެ. ނުވަތަ މޫނު ލެވޭވަރުގެ ތައްޓަކަށް ފެން އަޅާފައި މޫނުލުމަށްފަހު ލޯ ހުޅުވާލުމުން، ލޮލުގައި އެއްޗެއް އޮތްނަމަ ވެއްޓޭނެ އެވެ.

ލޯ ހިރުވުމަށް މާމުތް އެހީވެދޭނެ އެވެ. ޖޯޑެއްގެ ތާފަނާ ފެން ފޮދަކަށް މާމުއި ސައި ސަމުސަލެއް އެޅުމަށްފަހު ކަފަބުރަކުން ލޯ ކައިރީގައި ހާކާށެވެ. ހިރުވުން ހުއްޓޭނެ އެވެ.

އޭގެ އިތުރުން ވެސް ސައިފަތް ޕެކެޓެއް ބެނުން ކުރުމަށްފަހު ހޫނުކޮށް ހުއްޓާ ލޯ މަތީގައި ބާއްވާލާށެވެ. ފެން އައުން ހުއްޓުވައިދޭނެ އެވެ. އަދި ލޮލުގެ ކަރުނަ ވަޅުގައި ހުންނަ ޖަރާސީމުތައް ނެރުމަށާއި އިންފެކްޝަންތަކަށް ސައިފަތް އެހީވެދޭނެ އެވެ.

މިއީ ލޮލުން ފެން އައުމަށް ގޭގައި ކުރެވިދާނެ ފަރުވާ ތަކެއް ނަމަވެސް ލޮލަކީ ނާޒުކު ގުނަވަނަކަށް ވުމާއެކު އެންމެ އެދެވިގެންވަނީ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.