ދުވަސްތަކަކަށްފަހު މާލެ ސަރަހައްދުން އެއްދުވަހެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 49 މީހުންނެވެ. އަދި އަތޮޅު ތެރެއިން 45 މީހަކު ޕޮޒިޓިވްވި އެވެ.

އެޗްޕީއޭ އިން ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާ އިން މިއަދު 42 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 38 ދިވެހިން ހިމެނެ އެވެ. އަދި 56 ބިދޭސީން ވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރީ 1،678 ސާމްޕަލް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 997 އެވެ. މިހާތަނަށް 11،497 މީހުން ވަނީ މި ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި 45 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 80 މީހަކަށެވެ.

މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވި އަދަދު އިތުވިޔަސް މިފަހުން އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނުނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދުވަހު 110 ކޭސް ފެނުނެވެ.