ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްރީލަންކަން އެއާލައިނުން ރާއްޖެއައި ފަސިންޖަރުންގެ އަމަލުތައް ހުރިގޮތުން ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުވެގެން، އޭނާގެ ހަށިގަނޑު ބަލައި ފާސްކޮށް އިތުރަށް ސްކޭން ކުރުމުން ކަމަށެވެ.

އެގޮތަށް ބެލި ބެލުމުން، އޭނާގެ އެތެރެހަށިން 80 ބުލެޓް ނަގާފައިވާ ކަމަށާއި، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ޕޮޒިޓިވް ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 852 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 1،062،44.00 ރުފިޔާ އަށް އަރަ އެވެ. މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިދިޔަ މަހުގައި ވެސް ޖުމްލަ ހަ ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް އަރަ އެވެ.