މި ހަފްތާގައި މި ގެނެސްދެނީ ދިވެހިންނަށް ވަރަށް ކަމުދާނެ ކެއުމެކެވެ. މިއަދުގެ މެންދުރު ކެއުމަށް ބިރިޔާނި ގަނޑެއް ކައްކާލަން ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ބާސްމަތީ ހަނޑޫ
  • 500 ގ ކުކުޅު ( ކޮށާފައި )
  • 3 ސަމުސާ ޝާން ބިރިޔާނި މަސާލާ
  • 3 ފިޔާ ( ތުނިކޮށް ކޮށާފައި )
  • 4 ލޮނުމެދު ( ތުނިކޮށް ކޮށާފައި )
  • 1 ގިތެޔޮމިރުސް (ނުވަތަ ބޭނުންވަރަކަށް )
  • ހިކަނދިފަތް
  • ރާނބާ ފަތް
  • 3 މޭޒުމަތީ ސަމުސާ ހިކިމޭބިސްކަދުރު
  • 3 މޭޒުމަތީ ސަމުސާ ކަޖޫ ނަޓްސް
  • 5 ކަރަންފޫ
  • ކޮރިއަންޑާ ފަތްކޮޅެއް
  • ލޮނު
  • މުގުރި އަސޭމިރުސް
  • ކުޑަ އޯބަތްކޮޅެއް
  • ތެޔޮ
  • 1 އިންޗީގެ 4 ފޮނިތޮށި
  • 8 ކާފޫރުތޮޅި

ތައްޔާރު ކުރާނެ ގޮތް

  1. ތާހެއްގައި ތެޔޮ ހޫނުކޮށް ކުކުޅު ، ކެޖޫނަޓް ، މޭބިސްކަދުރު އަދި ދެބައިކުޅަ އެއްބައި ފިޔާ ތެލުލާށެވެ.
  2. ހަނޑޫ ކޮޅު ދޮވުމަށްފަހު ބަތް ކައްކާ ގޮތަށް ހަނޑޫކޮޅު ހިންދާލާށެވެ. ކައްކާއިރު ފޮނިތޮށި ކޮޅާއި ކާފޫރުތޮޅި އަދި ކަރަންފޫ އަޅާލާށެވެ. ބަތް އެތި ޗަސްވިޔަނުދިނުމަށް ސަމާލުކަން ދޭށެވެ. ރަނގަޅަށް މަޑުވުމުން ފެންކޮޅު ހުސްކޮށްލާށެވެ.
  3. އެހެންތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ބާކީ ހުރި ފިޔާ ، ހިކަނދިފަތް ، ރާނބާފަތް ކޮރިއަންޑާފަތް ، މިރުސް ، ލޮނުމެދު ، އޯބަތްކޮޅު އަޅާ ފިޔާކޮޅު ރަތްކޮށްލާށެވެ.
  4. ފިޔާކޮޅު ރަތްޅުމުން ބިރިޔާނި މަސާލާ އެއްކޮށް ހާކާލާށެވެ. އަދި ލޮނާއި މުގުރި މިރުސް އެޅުމަށްފަހު ރަހަ ހެޔޮވަރު ކޮށްލާށެވެ. މާހިކިނަމަ ފެންފޮދެއް އަޅާލާށެވެ. އަދި އެއަށްފަހު 3 މިނެޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ.
  5. ސޯސްގަނޑު ރަނގަޅަށް ރޯފިލުމުން ކުރިން ތެލުލި ކުކުޅާއި ، މޭބިސްކަދުރާއި ، ކަޖޫނަޓް އަދި ފިޔާކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 2 މިނެޓް ވަންދެން ކައްކާލާށެވެ.
  6. އެއަށްފަހު ކެއްކި ބަތްކޮޅު އަޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.