ފިއްލަވައިގެން ސްރީލަންކާގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދަންވަރު ވަގުތެއްގައި ލަންކާގެ ރައީސް ގޯޓަބަޔަ ރާއްޖެ ވަޑައިގެން، މިވަގުތު ވެސް ގޯޓަބަޔަ ހުންނެވީ ހުޅުލޭގަ އެވެ.

އެހެން ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ރައީސް ގޮޓަބަޔަ މިހާރު ހުންނެވީ އިތާފުށި ރިސޯޓުގައި ކަމަށެވެ. ނަމަވެސް އެކަން އެ ރިސޯޓުން ދޮގުކުރެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގޯޓަބަޔަ މިހާރު މަސައްކަތް ކުރަމުންދަނީ ސިންގަޕޫރަށް ފުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ރާއްޖެއިން ސިންގަޕޫރަށް ފުރާނެއިރެއް އަދި ކަށަވަރެއް ނުވެ އެވެ.

މިހާރު ސިންގަޕޫރުން ލަންކާގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސައަށް ސިޔާސީ ހިމާޔަތްދީފައިވާ ކަމަށްވެ އެވެ. އަދި ސިންގަޕޫރުން ހިމާޔަތް ލިބިވަޑައިގެންފައިވާ ކަމަށް ނޫސްތަކުން ބުނި ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރު ކޮށެއް ނުދެ އެވެ.

ގޯޓަބަޔަ ލަންކާއިން ފިއްލެވީ ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ތަދުމަނޑުކަމާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ހުއްޓުމެއް ނެތި އިހުތިޖާޖުކުރާތާ އެތައް މަހެއް ފާއިތުވީ ފަހުންނެވެ. ލަންކާ ރައްޔިތުން ވަނީ ހޮނިހިރު ދުވަހުގައި އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެފަ އެވެ.

ރިޔާސީ ގަނޑުވަރަށް ގިނަ އަދަދެއްގެ އާންމުން ވަނުމުގެ ކުރިން ގަނޑުވަރު ދޫކުރައްވައި ރައްކާތެރި ތަނަކަށް ވަޑައިގަތުމަށްފަހު ގޯޓަބަޔަ ވަނީ މިއަދު މަގާމުން އިސްތިއުފާދެއްވާނެކަން ހާމަކުރައްވާފަ އެވެ. ނަމަވެސް މިހާތަނަށް އޭނާ މަގާމުން އިސްތިއުފާ ނުދެއްވަ އެވެ.