ފިއްލަވައިގެން ރާއްޖެ މަގުން ސިންގަޕޫރަށް މިހާރު ވަޑައިގެން ހުންނެވި ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި އެވެ،

ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގޮޓަބަޔާގެ އިސްތިއުފާ ސިޓީ މިހާރުވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޮނުވާފަ އެވެ.

އަދި މިރޭގެ ވަގުތެއްގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެކަން ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ގޮޓަބަޔާ ފުރަތަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގަ އެވެ.

މިހާރު އޭނާ ހުންނެވީ ސިންގަޕޫރުގައެވެ. ސިންގަޕޫރުން ގޮޓަބަޔާއަށް ހިމާޔަތް ދިންކަމަށް ޚަބަރު ފެތުރުނު ނަމަވެސް ސިންގަޕޫރު ސަރުކާރުންވަނީ އޭނާއަށް ހިމާޔަތް ނުދޭ ކަމަށާއި އަދި އެކަމަށް އެދިފައި ނުވާކަމަށްވެސް ބުނެފަ އެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުނީ ގޮޓަބަޔާ ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.

ސްރީލަންކާއިން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެތައް ބަޔަކު އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުން ދާއިރު ދިވެހި ސަރުކާރުން މިކަމަށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.