ކޮރަޕްޝަންއަށް ޒީރޯ ޓޮލެރެންސް ކަމަށް ބުނި ވެރިކަމަށް އައި ސަރުކާރު އިތުރަށްވީ ކޮރަޕްޝަން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ފާޑުވިދާޅުވެ އާދަމް ޝަރީފް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަންއަށް ޒީރޯ ޓޮލެރެންސް ކަމަށް ބުނި މީހުން ވެރިކަމަށް އައުމުން ކޮރަޕްޝަންވީ ގިނަކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ގެއްލިފައިވާ ފައިސާ މި ސަރުކާރަށް ނުހޯދުނުކަމަށާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ސައްހަ ލިސްޓް ހާމަކުރާ ވާހަކައަކީ އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީގެ ދެ ފެކްޝަންއިންވެސް ބޭނުންކުރާ ސްލޯގަންއަކަށް ހަދާފައިވާކަމަށެވެ.

އަދި އާދަމް ޝަރީފް ވަނީ އެމްއެމްޕީއާރްސީގެ ސައްހަ ލިސްޓް ހާމަކުރުމަށް ގޮވާލާފަ އެވެ.

އާދަމް ޝަރީފް ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ސައްހަ ލިސްޓް ހާމަ ނުކުރަނީ އެމްޑީޕީގެ ދެ ފެކްޝަންގެ މީހުން ވެސް އެ ލިސްޓްގައި ހިމެނޭތީތޯ ސުވާލު ކުރައްވައިފަ އެވެ.

" އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ބުނި ލިސްޓް އަވަހަށް ހާމަ ކުރުމަށް ރައީސް ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަށް ގޮވާލަން. އެ ލިސްޓް ހާމަ ނުކުރަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.