ސިޔާސީ ލީޑަރުން ވާހަކަ ދެއްކެވުމުގައި ގެންގުޅެންވީ ހަމަތައް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެ ދެއްވައިފި އެވެ.
ހޯމް މިނިސްޓަރު މި ހަމަތައް ވިދާޅުވެއް ދެއްވީ ކުރެއްވި ޓުވީޓެއްގަ އެވެ.
އިމްރާން ވިދާޅުވީ ސިޔާސީ ވިސްނުމުގައި ކިތަންމެ ހިޔާލު ތަފާތުވީ ނަމަވެސް ވާހަކަ ދައްކަންވާނީ ދީނީ ހަމަތަކަށް ރައްކާތެރިވެގެން ކަމަށެވެ. އިމްރާން ވިދާޅުވީ ސިޔާސީ ވިސްނުމާއި މަސައްކަތުގައި ކިތަންމެ ހިޔާލު ތަފާތުވިޔަސް ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ހިފަހައްޓަން ޖެހޭ ހަމަތަކާއި އަހުލާގިއްޔަތަށް ރައްކާތެރިވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަން ޖެހޭ ކަމަށެވެ.
އިމްރާން މިމޭރުމުން ޓުވީޓު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ. ރައީސް ސޯލިހުވަނީ އެމަނިކުފާނުގެ ތަރުޖަމާނު މެދުވެރިކޮށް ދޮގު ކުރައްވާފަ އެވެ.
އިމްރާން މިފަދައިން ޓުވީޓު ކުރައްވާއިރު އެމަނިކުފާނަކީ ސިޔާސީ ބޭފުޅުންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް އެންމެ ގިނައިން މީޑިއާތަކުގައި ދައްކަވާފައިވާ އެއް ބޭފުޅެވެ. އެގޮތުން ރައީސް ޔާމީން އާއި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން ހެކިތަކާ ޑޮކިއުމަންޓް ހުރި ކަމަށްވިދާޅުވެ އެތައް ބައެއްގެ ކުރިމަތީ ބޮޑު މުޒާހަރާއެއްގައި ވާހަކަ ދައްކަވާފައިވެ އެވެ. އަދި ރައީސް ނަޝީދާ ގުޅޭ ގޮތުން ވެސް ވަރަށް ގިނަ ވާހަކަތައް ދައްކަވާފައިވެ އެވެ.
ޢިމްރާން އަކީ ޝޭޚުންގެ ތެރެއިން އެންމެ ބޮޑަށް ތިޔަ ވިދާޅުވިފަދަ ސާބިތު ނުހިފޭ ދޮގު ވާހަކަތައް އެންމެ ގިނައިން މީޑިއާތަކުގަޔާއި ޕޯޑިއަމް ތަކުގައި ދައްކައި މޭޑޭގެ މުޒާހަރާގައި ކުރީގެ ސަރުކާރު ގާނޫނީ އިމުންބޭރުން ވައްޓާލަން މަސައްކަތްކުރި ދީނީ ޢިލްމު ވެރިޔާ، ހެޔޮނުވާނެ މަނިކުފާނު ތިޔަފަދަ އިރުޝާދު ނުދެއްވާ އަގަމަޑުން ލައިގެން ހުންނަވާ