މިިދިޔަ އޮކްޓޯބަރު މަހު 15ގައި ގެސްޓް ހައުސްތައް ހުޅުވި ފަހުން، ކ. މާފުށިން 11 ގެސްޓުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފި އެވެ.

ރާއްޖޭގައި އެންމެ ގިނަ ގެސްޓް ހައުސް ހިންގާ ރަށުގެ ސިއްހީ މަރުޒަކުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު 15ން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 1،137 ޓޫރިސްޓުން އެ ރަށަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 11 މީހަކު ޕޮޒިޓިވްވި އިރު އެކްޓިވް ކޭސްގެ ގޮތުގައި ހަ މީހަކު މިހާރު ވެސް އެބަތިބި ކަމަށް އެ ސިއްހީ މަރުކަޒުން ބުންޏެވެ.

އެ ރަށުން ޕޮޒިޓިވްވާ ރޭޓް އުޅެނީ 0.97 ޕަސެންޓްގަ އެވެ.

މިދިޔަ މަހުގެ ފަަހުކޮޅު މާފުށިން ޓޫރިސްޓަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުން، ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގި ރެންޑަމް ސާމްޕަލްތައް ވަނީ ނެގެޓިވްވެފަ އެވެ.