ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލުމު "ކަބީ އީދު ކަބީ ދިވާލީ" އިން "ބިގް ބޮސް 13" މަގުބޫލުކަން ހޯދި ޝެހެނާޒް ގިލް އެފިލްމުން ވަކިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" އިއުލާނު ކުރުމާއި ހިސާބު މިފިލްމުގެ ވާހަކަތައް އައި މީޑިއާގެ ސުރުހީތަކަށް އަރަމުންނެވެ. މިހާރު މިފިލްމުގެ ނަށްވެސް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން މިހާރު މިފިލްމަށް ކިޔަނީ "ބައިޖާން"އަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ފިލްމަކީ ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

މިފިލްމަށް މީގެ ކުރިން ހަމަޖެއްސި ބައެއް ތަރިން ދޫކޮށްލާފަ އެވެ. އެގޮތުން ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ފިރިމީހާ އަޔުސް ވެސް ވަނީ މި ފިލުމު ދޫކޮށްލާފަ އެވެ.

މި ފިލުމުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ބިގް ބޮސް 13 އިން ސަލްމާނާއި ގާތް ގުޅުމެއް އުފެދިފައިވާ ޝެހެނާޒް ގިލް ފިލުމުން ފެންނާނެ ކަމަށް ބުނުމުންނާއި ޝޫޓީން ތެރޭގައި އުޅުނު ފޮޓޯތައް މީޑިއާގައި ދައުރުވުމުންނެވެ.

https://www.instagram.com/p/Cexq1kWBCa_/?hl=en

ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ޝެހެނާޒް މި ފިލުމު ދޫކޮށްލި ކަމަށް ބުނެ މީޑިއާގައި އަޑުތައް ފެތުރިފައިވެ އެވެ.

މިވާހަކަތަކާއި ގުޅިގެން ޝެހެނާޒްގެ އިންސްޓަގުރާމްގައި ރައްދު ދީ ޕޯސްޓެއް ކޮށްފަ އެވެ.

''މިދިޔަ ހަފުތާއިން ފެށިގެން މި ހަގީގަތެއް ނެތް ވާހަކަތަކަކީ އަހަރެން މުނިފޫހިފިލުވުމުގެ ވަސީލަތް. އަހަރެންނަށް އިންތިޒާރު ކުރެވެނީ މީހުން މި ފިލުމު ބަލާނެ ދުވަހަކަށް. އަދި އެ ފިލުމުން އަހަރެން ވެސް ފެންނާނެ'' ޝެހެނާޒްގެ އިންސްޓަގުރާމު ޕޯސްޓުގައިވެ އެވެ.

މި ފިލުމުގައި ޝެހެނާޒް ފެނިގެންދާނީ ލަވަކިޔުންތެރިޔާ ޖައްސީ ގިލްއާއި އެކުގަ އެވެ. ސަލްމާނާއި އެކު ފެނިގެންދާނީ ޕޫޖާ ހެޖް އެވެ. އަދި ރާގަވް ޖުވާލްއާއި އެކު ފެނިގެންދާނީ މާލްވިކާ ޝަރުމާ އެވެ.