އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން އަދި އެކްޓަރު ރާޖޫ ސްރިވަސްތަވާއަށް ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާޖޫއަށް ހާޓް އެޓޭކެއް ޖެހުނީ ޖިމްގައި ހުއްޓާ އެވެ.

ރާޖޫ މިހާރު ދިއްލީގެ އެއިމްސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނައޮރި އޭނާގެ ސިއްހީ ހާލަތު ވަނީ ކުޑަކޮށް ރަނގަޅުވެފަ އެވެ. އެހެންނަމަވެސް އަދިވެސް އޭނާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ރާޖޫ އަކީ 1980 ވަނަ އަހަރުން ފެށިގެން މުނިފޫހިފިލުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ.

އޭނާ ސްޓޭންޑް އަޕް ކޮމެޑީގެ ގޮތުގައި މަޝްހޫރު ވެގެންދިޔައީ "ދަ ގްރޭޠް އިންޑިއަން ލާފުޓާ ޗެންޖް" އިންނެވެ.

އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ބާޒިގަރު ، "ބޮމްބޭ ޓު ގޯއާ" ހިމެނެ އެވެ.

ރާޖޫ އަކީ މިހާރު އުއްތަރު ޕްރަދޭޝްގެ ފިލްމް ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާމަން އެވެ.