ގެބޯންގެ ސަރުކާރުން އަރުވާ އިއްޒަތް، "ނޭޝަނަލް އޯޑަރ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.

މިނިސްޓަރު ޝާޙިދަށް މި އިއްޒަތް އެރުވީ މިއަދު ގެބޮންގެ ވެރިރަށް ލީބްރަވިލް ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާ އެވެ.

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނަށް އަރުވާ މި އިއްޒަތް ތަޢާރަފްކުރެވުނީ 1971 ވަނަ އަހަރުއެވެ. މިނިސްޓަރު ޝާހިދު މިވަގުތު ގެބޮންގައި ހުންނެވީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

ގެބޯންގެ ސަރުކާރުން އަރުވާ އިއްޒަތް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

މީގެއިތުރުން ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތާއި ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ވެސް މީގެކުރިން ވަނީ ޝާހިދަށް އަރުވާފަ އެވެ.