މާ ގިނަ ވަގުތު ނިދުމުގައި ހޭދަކުރާ މީހުންގެ އުމުރު ކުރުވުން ގާތް ކަމަށްސައިންސްވެރިންގެ ޓީމަކުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކައިފި އެވެ.
އުމުރުން 30 އަހަރުން މަތީގެ މިލިއަނެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބުނެފައިވަނީ ދުވާލަކު 8 ގަޑިއިރަށްވުރެ ގިނަ އިރު ނިދާ މީހުންނަށް ހަތަރު ގަޑިއިރަށްވުރެ މަދުން ނިދާ މީހުންނާ އަޅާބަލާއިރު ދިމާވާ ސިއްހީ މައްސަލަތައް ގިނަވުމުގެ އިތުރުން މި މީހުންގެ އުމުރު ކުރުވާކަމަށެވެ.
މިގޮތުން ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ނިދާ މީހުންނާއި އަޅާކިޔާއިރު މިފަދަ ގޮތަކަށް ނިދުމުގެ އާދަތައް ހުންނަ މީހުންނަށް ދިގު މުއްދަތުގައި ދިމާވާ ސިއްހ މައްސަލަތައް އިތުރުކަމަށް ދިރާސާއިން ދައްކަ އެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކަށް މިފަދަ ނިންމުމަކާ ހަމަޔަށް އާދެވިފައިވީ ނަމަވެސް މިކަން މިހެން ވަނީ ކީއްވެގެން ކަމެއް ބުނެދެވިފައެއް ނުވެ އެވެ.
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
އިމްރާން ހޮސްޕިޓަލަށް ގެންދަން ކުރި އަމުރު އިސްތިއުނާފްކުރަނީ
ކޯޓު ހުކުމަށް އަމަލުނުކުރި ކަމަށް ބުނެ މައްސަލަ ކައުންސިލަށް