ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި އަތޮޅު ތެރޭގެ ރަށަކުން މީހަކު ރިސޯޓުތަކުން ޕޮޒިޓިވްވި އެކަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މުޅި ރާއްޖެއިން 1،731 ސާމްޕަލް ނަގާފައިވެ އެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްމިއަދު ޕޮޒިޓިްވވި މީހުންނާ އެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު 13،213 އަށް އެރީ އެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 722 މީހުންނެވެ. އޭގެ ތެރެއިން 70 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

މިހާތަނަށް 47 މީހަކު ކޮވިޑް ޖެހިގެން މަރުވެފައި ވެ އެވެ.