މާލީ ގޮތުން އޭނާ އަކީ މިނިވަން މީހެއް ނޫން ކަމަށާއި ނަމަވެސް އެގޮތަށް ދަރިންނަށް ވާން ނޭދޭ ކަމަށް ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަން ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި ޖަޔާ ބައްޗަންގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަންއަކީ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ފަރާތަކެވެ.

ޝްވެތާ ކައިވެނިކޮށްގެން އުޅެނީ ވިޔަފާރިވެރިޔާ ނިކިލް ނަންދާއާ އެވެ. ދެ މީހުންގެ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު އެއީ މިހާރު މަސައްކަތް ކުރާ އުމުރުގެ ދެ މީހުންނެވެ. ނަވްޔާ ނަންދާ އާއި އަގަސްޓްޔާ ނަންދާ އެވެ.

ޝްވެތާ ބައްޗަންއަކީ އޭނާގެ ބައްޕަ އަމީތާބް އާއި މަންމަ ޖަޔާ ބޮލީވުޑްގައި މަސައްކަތް ނުކުރި ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާ ފަރާތްތަކެވެ.

އޭނާއަކީ މާލީ ގޮތުން މިނިވަން މީހެއް ނޫންކަން ފާހަގަ ކުރަމުން ޝުވެތާ ބުނީ އަދިވެސް އެ މިނިވަންކަން ނެތުމުން ބޭނުންވަނީ ދަރިންނަށް އެ މިނިވަންކަން ހޯދައިދޭން ކަމަށެވެ.

ޝްވެތާ ގަބޫލު ކުރާ ގޮތުގައި ދަރިންގެ ވެސް އެ ފެންވަރެއް އަދި ނެތެވެ.

"ހިތާމައަކީ އަޅުގަނޑަކީ މާލީ ގޮތުން މިނިވަން މީހެއް ނޫން. އެކަމަކު އެއީ އަހަރެންގެ ދަރިފުޅަށް ބޭނުންވާނެ ގޮތެއް ނޫން،" ޝުވެތާ ބުންޏެވެ.

ދޮށީ ދަރިފުޅު ކަމަށްވާ ނަވްޔާގެ އުމުރުން މިހާރު 25 އަހަރު ފުރިފައިވާއިރު އޭނާ އަކީ ވިޔަފާރިވެރި އެކެވެ. އޭނާ ވިޔަފާރީގައި ކުރިޔަށް ދަނީ ސިއްހަތާއި އަންހެނުންނާއި ގުޅުން ހުރި ދާއިރާއިންނެވެ.

ޝްވެތާގެ ހަގު ދަރިފުޅު އަގަސްޓްޔާ ނަންދާގެ އުމުރުން މިހާރު 21 އަހަރެވެ. އޭނާ ބޮލީވުޑަށް ނުކުންނަށް މަސައްކަތް ކުރަމުންދާއިރު ފުރަތަމަ ފިލްމަކަށް ވާނީ "އާޗީ" އެވެ.