ހިއްކި މޭވާއަކީ އާންމު ގޮތެއްގައި ލުއި ކާނާއެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗެކެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ތާޒާ މޭވާއަށް ވުރެ ހިއްކި މޭވާގައި ބައެއް ވިޓަމިން އަދި މިނަރަލްސް ގިނަ އަދަދަކަށް ހިމެނޭ ކަމެވެ.

އެގޮތުން ފައިބާ، ފޮލޭޓް، ޕޮލިފީނޯ އަދި އެންޑިއޮކްސިޑެންޓް ހިއްކި މޭވާގައި ގިނަ އަދަދަކަށް ހިމެނެ އެވެ. ޕޮލިފީނޯ ލޭދައުރު ކުރުން ރަނގަޅުކޮށްދީ ހަޖަމްކުރުމުގެ ނިޒާމު ރަނގަޅުކޮށްދެ އެވެ. އަދި އެކި ބަލިތަކުންވެސް ދުރުކޮށްދިނުމަށް ޕޮލިފީނޯ އެހީވެދެ އެވެ. މީގެ އިތުރުންވެސް ހިއްކި މޭވާތަކުގައި ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނެެ އެެވެ.

ހިއްކި މޭވާގެ ތެރެއިންވެސް އެންމެ ފާހަކަ ކޮށްލެވެނީ މޭބިސްކަދުރެވެ. އެގޮތުން ހިކި މޭބިސްކަދުރުގައި ގިނަ އަދަދަކަށް ފައިބާ، ޕޮޓޭސިއަމް ހިމެނެ އެވެ. މީގެ އިތުރުން ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތަކުން ދުުރުކޮށްދީ، ލޭގައި ހަކުރު ހިމެނޭ ވަރު ދަށް ކުރުމަށްވެސް ހިކި މޭބިސްކަދުރަކީ ރަނގަޅު އެއްޗެކެވެ.

ދެން ފާހަކަ ކޮށްލެވޭ އަނެއް މޭވާއަކީ ޕްލަމްސް އެވެ. ހިއްކާފައި ހުންނަ ޕްލަމްސްގައި ގިނަ އަދަދަކަށް ފައިބާ، ޕޮޓޭސިއަމް، ވިޓަމިން އޭ، ވިޓަމިން ކޭ ހިމެނެ އެވެ. މިއީ ކޮލެސްޓްރޯލް ދަށްކުރުމަށް ރަނގަޅު ބާވަތެކެވެ.

ކަދުރަކީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމު އެއްޗަކަށް ވާއިރު މިއީ ވެސް ވަރަށް ފައިދާ ހުރި މޭވާ އެކެވެ. އެގޮތުން ކަދުރުގައި ޕޮޓޭސިއަމް، ދަގަނޑުގެ ބައި އަދި ފައިބާ ހިމެނެ އެވެ. އަދި މިއީ ހަކުރު ބަލި ހުންނަ މީހުންނަށް ވަރަށް ފައިދާ ހުރި މޭވާ އެކެވެ.