ބަޖެޓްގެ ދަތިކަމާ އެކު ވެސް މާލޭގެ މަގުމަތީގެ ހާލަތު ރަނގަޅު ކުރުމަށް ކައުންސިލުން ދަނީ ކޮންމެ ދުވަހަކުވެސް ކެނޑިޅޭނި މަސައްކަތް ކުރަމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މޭޔަރު މުއިއްޒުގެ ކޮމިޔުނިޓީ ވައިބާ ގްރޫޕްގައި ލިޔުއްވި މެސެއްޖެއްގަ އެވެ.

މޭޔަރުގެ މެސެޖްގައި ވިދާޅުވީ މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރަން މި ކައުންސިލުން ދަނީ ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ކަމަށާއި، ބަޖެޓްގެ ތާށިކަމުގެ ތެރެއިންނާއި، ސަރުކާރުން ކުރިމަތި ކުރުވާ ހުރަސްތަކާއެކު ވެސް ކައުންސިލުން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ކަމެއް ދިމާވުމުން ކުރެވޭ މަސައްކަތްތައް ނުފެންނާނެ ކަމަށާއި، އެކަންކަން ފާހަގަ ވެސް ނުކުރާނެ ކަމާއި، އެއީ ކޮންމެ ތަނެއްގައި ވެސް އެކަން ހިނގާގޮތް ކަމުގައި މޭޔަރު ފާހަގަކުރެއްވި އެވެ.

މިއާއެކު މޭޔަރު ވަނީ ހަލާކުވެފައި ހުރި ކާނުގަނޑަކުން ތުއްތު ކުއްޖަކަށް ދިމާވި ހާދިސާ އަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެ ހާދިސާގެ ރިޕޯޓު ކައުންސިލަށް ލިބުނުތާ 1 ގަޑިއިރުގެ ނުވަނީސް އެކާނު މަތިގަނޑު ރަނގުކުރި ކަން ފާހަގަ ކުރައްވާފަ އެވެ.

މާލެ އަދި ވިލިމާލޭގެ މަގުތަކުގެ މަސައްކަތްތައް ކޮންމެ ދުވަހަކު ވެސް މާލެ ސިޓީ ކައުންސިލްގެ ޓީމުން ކުރަމުންގެންދާކަން ފާހަގަކޮށްލެވެ އެވެ. އަދި މި މަސައްކަތްތަކުގެ ތަފްސީލް ސޯޝަލް މީޑިއާގައި ކައުންސިލްގެ ރަސްމީ އެކައުންޓްތަކުން ދަނީ ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެމުންނެވެ.