މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 20 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިއަދު ނެގި 2،117 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުން 15 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ހަތަރު މީހަކު އަދި ރިސޯޓުތަކުން ތިން މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،348 އަށް އަރާފަ އެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 12،706 އެވެ. އޭގެތެރޭގައި މިއަދު ބަލިން ރަނގަޅުވި 47 މީހުން ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 607 އެވެ. އޭގެ ތެރެއިން 67 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.