ފަޅޮލަކީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ހައްދާލާންވެސް އެހާ ފަސޭހަ ގަހެކެވެ. ފައިދާއިން ފުރިފައިވާ މި މޭވާގެ އޮށަކީ އަހަރެމެން ގިނަ ފަހަރަށް ބޭނުން ނުކޮށް އުކާލާ އެހެން ނަމަވެސް ހަށިގަނޑަށް ގިނަ ފައިދާ ތަކެއް ލިއްބައިދޭ އެއްޗެކެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ފަޅޯ އޮށަކީ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ބެކްޓީރިއަލް އިންފެކްޝަންތައް ފަސޭހަކޮށް ދިނުމަށްވެސް ފަޅޯ އޮށަކީ ފަރުވާ އެކެވެ.

2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައި ވާ ގޮތުން ފަޅޯ އޮށުގެ އިތުރުން އެގަހުގެ ފަތް ވެސް އިންފެކްޝަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެ އެވެ.

އެގޮތުން ބަނޑުގައި އުފެދޭ ޖަރާސީމުތަކުން ސަލާމަތް ވުމަށް ކޮންމެ ދުވަހަކުވެސް ވަކި މިންވަރެއްހެ ފަޅޯ އޮށް ބޭނުން ކުރުމުން ހަޖަމުގެ ނިޒާމުގެ އިތުރުން ގޭސްޓްރިކްގެ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެން ދާނެ އެވެ. ފަޅޯ އޮށުން ގޭސްޓްރިކް ވުމުން ދިމާވާ މައްސަލަތައް 84 ޕަސެންޓަށް ދަށްކޮށްދެ އެވެ.

މީގެ އިތުރުން ބަނޑުގައި އުފެދޭ އެސިޑްތައް ދުއްވާލުމަށްވެސް މިއީ ރަނގަޅު އެއްޗެކެެވެ. އަދި ކިޑްނީ ހަލާވުމާއި ފަންގަލް އިންފެކްޝަންތަކަށްވެސް މިއީ ރަނގަޅު ބޭހެކެވެ.

ފަޅޯ އޮށަކީ އޭގައި ކޮންމެވެސް ވަރަކަށް ކުޅި ރަހައެއް އެކުލެވޭ އެއްޗެކެވެ. ގިނަ އަދަދަކަށް ޕްރޮޓީން، ކެލްސިއަމް، މެގްނީސިއަމް އަދި ފްރޮސްފަރަސް ހިމެނޭ މި އޮށް ރޯކޮށް ކެވިދާނެ އެވެ. ނުވަތަ ސެލެޑަކާއިއެކު ވެސް ބޭނުން ކުރެވިދާނެ އެވެ.