ބޮލީވުޑްގެ މަޝްހޫރު ޖޯޑު، އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ އަންހެން ދަރިފުޅަށް "ރަހާ" ނަން ކިޔާފައިވާ ކަމަށް އެ މީހުން އިއުލާނުކޮށްފި އެވެ.

އާލިއާގެ އިންސްޓަގްރާމުގައި އާލިއާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ ދަރިފުޅުގެ ނަން ހިޔާރު ކުރީ ދަރިފުޅުގެ މާމަ، ރަންބީރުގެ މަންމަ ނީޓޫ ކަޕޫރު ކަމަށެވެ.

ދަރިފުޅުގެ ނަމުގެ މާނަ އެކި ބަސްބަހުން އޮޅުންފިލުވައިދެމުން އޭނާ ބުނީ އަރަބި ބަހުގައި ރަހާގެ މާނަ އަކީ ހަމަޖެހުން ނުވަތަ "ޕީސް" ކަމަށެވެ. މީގެ އިތުރުން އުފާވެރިކަން، ހިތްހަމަޖެހުން އަދި މިނިވަންކަން ވެސް ނަމުގެ މާނަތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ފަހަރަށް ދަރިފުޅު އުރާލި އިރު ވެސް އެ ހުރިހާ ކަމެއް އިއުސާސްވި،" އޭނާ ބުންޏެވެ.

އާލިއާ އާއި ރަންބީރުގެ ދަރިފުޅުގެ ނަން އިއުލާނު ކުރި ޕޯސްޓްގައި އެމީހުން ފުސްކޮށް ފެނައިރު، މި އަހަރުގެ އޭޕްރީލް މަހު ކައިވެނިކުރި އާލިޔާ އާއި ރަންބީރަށް އަންހެންކުއްޖަކު ލިބުނީ މި މަހުގެ 6 ވަނަ ދުވަހު އެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި އާލިޔާ ވަނީ ކެމެރާތަކަށް ދަރިފުޅުން ދައްކަން ބޭނުން ނުވާ ފަދަ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ.