ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި އެވެ.
މި ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެއް ވަނީ ކ. ގުރައިދޫގައި ބާއްވާފަ އެވެ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ ބައިވެރިން ވަނީ މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެފަ އެވެ.
މޯލްޑިވްސް ޑެފް އެސޯސިއޭޝަން އިން ކުރިޔަށް ގެންދިޔަ މި އިވެންޓުގެ މަގްސަދަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭންކުން ވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފަ އެވެ.
މެންބަރުން ހަމަނުވެ 'ދަ ޑިމޮކްރެޓްސް' އުވާލައިފި
މީކާއިލް ރައީސް ސޯލިހާއެކު ރާއްޖޭގެ ހުރިހާ ސިޓީތަކަށް
ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު ޓެކްސީ އެޕް ލޯންޗްކޮށްފި