ފިޔައަކީ ދިވެހިންގެ ގޭބިސީތަކުގައި ހުސްނުވެ ހުންނާނެ ބާވަތެކެވެ. ކެއްކުމުގައި އާއްމުކޮށް ބޭނުން ކުރެވޭ މި ބާވަތަކީ ރޯކޮށް ހުންނައިރު މީރު ނޫން ރަހައެއް ހުންނަ ކެއުމުން އަނގައިން ނުބައި ވަސް ވެސް ދުވާ އެއްޗެކެވެ. މި ލިޔުމުގައި މި ބަލައިލަނީ ރޯ ފިޔާ ކެއުމުން ލިބިދޭ ބައެއް ސިއްހީ ފައިދާ ތަކަށެވެ.

ކެންސަރުން ދުރުކޮށްދޭ

ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ރަތް ފިޔާގައި، އުރަމަތީ ކެންސަރާއި އަރުތެރޭގެ ކެންސަރާ ހަނގުރާމަ ކުރުމުގެ ބާރު ލިބިގެންވާ މާއްދާތައް އެކުލެވިގެންވެ އެވެ. އެގޮތުން ފިޔާގައި ގިނަ އަދަކަށް ކުއާސެޓިން އަދި އެންތޯސިޔަނިން އެކުލެވޭއިރު މި ދެ މާއްދާއަކީ ކެންސަރު ސެލް ހަށިގަނޑުން ނައްތާލުމުގައި އެހީވެދޭ ދެ މާއްދާ އެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ

ފިޔާ އަކީ އޭގައި ގިނަ އަދަދަކަށް އޯގަނޯ ސަލްފާ ހިމެނޭ އެއްޗެކެވެ. އާޖެންޓީނާގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި ހަށިގަނޑަށް އޯގަނޯސަލްފާ ލިބޭނަމަ ހިތުގެ ބަލިތަކުން ދުރު ވުމަށް އެހީވެދެ އެވެ.

ހަޖަމުގެ ނިޒާމު ރަނގަޅު ކޮށްދޭ

ފިޔާގައި އިނޫލިން ނަމަކަށް ކިޔާ ފައިބާ މާއްދާއެއް އެކުލެވެ އެވެ. އެ މާއްދާގެ ސަބަބުން ގޮހޮރުގައި އުފެދޭ ޖަރާސީމު ނައްތާލަ އެވެ. ނަތީޖާއެއްގެ ގޮތުން ހަޖަމުގެ ނިޒާމުގެ ސިއްހަތު ރަނގަޅު ކޮށްދެ އެވެ.

ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ

ފިޔާގައި ޖީޕީސީއެސް ނަމަކަށް ކިޔާ މާއްދާއެއް އެކުލެވެ އެވެ. މި މާއްދާއަކީ ކަށީގެ ބާރު ގަދަކޮށްދީ، ކަށީގެ ސިއްހަތު ދަމަހައްޓައިދޭ މާއްދާ އެކެވެ.