ފެނަކީ ދިރިހުރުމަށް މުހިއްމު އެއްޗެއް ނަމަވެސް މާ ގިނައިން ފެން ބޮވުމަކީ އާދަޔާޚިލާފު ކަމެކެވެ. ހާއްސަޮށް ރޭގަނޑު ފެން ބޯން ބޭނުންވާނަމަ އެއީ ސަމާލުކަން ދޭންވީ ކަމެކެވެ. އެކަން އެހެން ދިމާވާ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

މާ ގިނައިން ލޮނު ބޭނުން ކުރުން

މާ ގިނައިން ލޮނު ބޭނުން ކުރާނަމަ ކަރު ހިއްކާނެ އެވެ. ލޮނަކީ ހަށިގަނޑުގައި ހުންނަ ސެލްތަކުން ފެން ދަމާލާ އެއްޗެކެވެ. އަދި ސިކުނޑިއަށް އެ ސަލްތަކުން ފެން ބޭނުންވާ ކަމަށް މެސެޖް ފޮނުވަމުންދެ އެވެ. އެހެންކަމުން އާންމު ގޮތެއްގައި ދުވާލަކު ގިނަ ވެގެން ބޭނުން ކުރަންވާނީ ފަސް ގްރާމް ލޮނެވެ. ލޮނު ގިނައިން ބޭނުން ކުރެވޭ ނަމަ އިތުރު ސިއްހީ މައްސަލަތައްވެސް ކުރިމަތިވުން ގާތެވެ.

ރޭގަނޑު ކަސްރަތު ކުރުން

ރޭގަނޑު ދުވާ މީހެއް ކަމުގައި ވާނަމަ އެރެއަކަށް ހަށިގަނޑަށް ގިނައިން ފެން ބޭނުންވެ އެވެ. ކަސްރަތު ކުރުމުން ދާހިތްލުމާއެކު ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެ އެވެ. ނަތީޖާއަކަށްވަނީ ބޭރުވާ ފެން ހޯދުމަށް މުޅި ރޭގަނޑު ފެން ބޮވުމެވެ. އޭގެ ސަބަބުން ގިނައިން ކަރު ހިއްކުމަށް މެދުވެރިވެ އެވެ.

ހަކުރު ބަލި

ޓެސްޓް ނުހަދާ ނަމަ ބައެއް މީހުންނަށް ޑައިބެޓިކް ނުވަތަ ހަކުރުބަލި ހުންނަކަން ނޭނގި ޑީހައިޑްރޭޝަންގެ ގޮތުގައި ހީވެގެންދެ އެވެ. ބޮޑަށް ފެންބޮވުމާއި ގިނައިން ފާހާނައަށް ދެވުމާއި އަދި ލޯ ފުސްވުން ފަދަ ކަންކަމަކީ ހަކުރުބަލީގެ ބައެއް އަލާމާތްތަކެވެ. އެހެންކަމުން މި ނިޝާންތައް ހުންނަ ނަމަ ހަކުރު ބައްޔަށް ޓެސްޓުކުރުން މުހިއްމެވެ. ހާއްސަކޮށް ރޭގަނޑު ގަޑީގަ އެވެ.