ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ފިލްމު ކުޅެން މެދުކަނޑާލުމަށް ފަހު ޝާހްރުކް އެނބުރި އަންނަ ފިލްމަކީ އަންނަ މަހު ނެރުމަށް ނިންމާފައިވާ "ޕަތާން" އެވެ.

"ޕަތާން" ނެރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.

މި ފިލްމަކީ އަންނަ އަހަރު އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމެވެ. މި ފިލްމަކީ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ބޮޑު ސްކްރީނަށް ޝާހްރުކް ޚާން ފެންނަ ފިލްމެވެ. މި ފިލްމުން ބެލުންތެރިން ކުރާ އުންމީދުތައް ވަރަށް ގިނަ އެވެ. ފިލްމުގެ ލީޑް ރޯލުން ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ޓްރެއިލާ ބަލާހިތުން ބެލުންތެރިން ތިއްބާ ފިލްމުގެ ފުރަތަމަ ލަވަ މިމަހުގެ 12 ގައި ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

މި އެކްޝަން ތުރިލާގެ ލަވަތަކުގެ ތެރެއިން ދޫކޮށްލި ފުރަތަމަ ލަވަ އަކީ ޝާހްރުކާއި ދީޕިކާގެ ކެމިސްޓްރީ ވަރަށް ރަނގަޅަށް ފެންނަ ހިތްގައިމު ލަވައެއް ކަމަށްވާ "ބޭޝަރަމް ރަންގް" އެވެ.

https://www.youtube.com/watch?v=huxhqphtDrM

ވިޝާލް- ޝޭކަރުގެ މިއުޒިކަށް ހަދާފައިވާ މި ލަވައިގެ އަޑުގެ ވެރިންނަނީ މިއުޒިކްގައި ވެސް ހިއްސާވި ވިޝާލް ދަދުލާނީ ޝޭކަރާއި އާއި ޝިލްޕާ ރާއޯގެ އިތުރުން ކެރަލީޒާ މޮންޓީރޯ އެވެ. މިލަވައަށް 38 މިލިއަން ވިއުސް ލިބިފަ އެވެ.

މިލަވާގެ ކޮރިއޯފަރަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުގައި ކޮރިއޯގްރާފުރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ވައިބާވީ މާޗަންޓެވެ.

2014 ވަނަ އަހަރު ގެނެސްދިން "ހެޕީ ނިއު އިޔާ" އަށް ފަހު ޝާހްރުކް އާއި ދިޕިކާ ޖޯޑު އެކީފައި ދެއްކި "ހެޕީ ނިއު އިޔާ" އަށް ފަހު ޝާހްރުކާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމެވެ. ދީޕިކާ ބޮލީވުޑަށް ނުކުތީ 2007 ވަނަ އަހަރ ދެއްކި "އޯމް ޝާންތީ އޯމް" އިންނެވެ. މި ފިލްމުގައި ދީޕިކާއާއި އެކު ލީޑް ރޯލުން ފެނުނީ ޝާހު އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ދެއްކި "ޗެންނާއި އެކްސްޕްރެސް" ގައި ވެސް ދެ ތަރިން އެކުގައި މަސައްކަތްކުރި އެވެ.

"ޕަތާން" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އަށް ހަދާފައިވާ ފިލްމެކެވެ. މީގެ ވިލަންގެ ރޯލުން ފެންނާނީ ޖޯން އަބްރަހެމެވެ.

އަށް ގައުމެއްގައި ޝޫޓްކޮށްފައިވާ "ޕަތާން" އަކީ 2018 ވަނަ އަހަރު ދެއްކި ބޮޑު ފްލޮޕް "ޒީރޯ" އަށް ފަހު، ޝާހްރުކް ލީޑް ރޯލުކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް ފެންނާނީ ވެސް ވަރަށް ތަފާތު ލުކެއްގަ އެވެ.