ދުވާލު ގަޑީގައި ނިދުމަކީ ގިނަ ބަޔަކު އާދަކޮށް ކުރާ ކަމެކެވެ. މުޅި ދުވަހު އަވަދި ނެތިކޮށް އުޅެމުން މިފަދަ "ޕަވާ ނެޕެއް" ނަގައި އިރުކޮޅަކަށް ނިދާލުމަކީ އެކަމުގެ ސަބަބުން މީހާ ތާޒާ ކޮށްލާ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރިއެވެ.

އެންމެ ފަހުން މި ކަމަށް ކުރި ދިރާސާގައި ދައްކާ ގޮތުން ގަޑިއެއްހާއިރަށް ވުރެ މަދުން ނިދާލުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް އެއް ގަޑިއިރަށް ވުރެ އިތުރުވާނަމަ އެކަމުގެ ސަބަބުން ހުރިހާ ވައްތަރެއްގެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ހުޅުވިގެންދެ އެވެ.

މި ދިރާސާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 60 މިނިޓަށް ވުރެ ގިނައިރު ނިދާނަމަ އެމީހަކަށް ހިތުގެ ތަފާތު މައްސަލަތަކުގެ ނުރައްކާ ބޮޑުވާ މިންވަރު 34 ޕަސެންޓަށް ވުރެ މަތިވެ އެވެ.

އަދި ރޭގަނޑު ހަ ގަޑިއިރަށް ވުރެ ގިނައިން ނިދާ މީހުންނަށް ހިތުގެ މައްސަލަތައް ޖެހޭލެއް މަދުކަމަށާއި އެނޫން ތަފާތު ސިއްހީ މައްސަލަތައް ވެސް ޖެހޭލެއް މަދުކަމަށް ވެސް މި ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

އެހެން ކަމުން ރޭގަނޑުގެ ނިދި ހަމައަށް ހޯދައި ދުވާލުގެ ވަގުތު ތަކުގައި ނިދުމުން ދުރުވުމަކީ ހިތުގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު ކަމެކެވެ.