ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަ ބަލަނީ ގެވެށި އަނިޔާގެ މައްސަލައެއް ބެލުމުގައި ހދ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ގޮތުގެ ޝަކުވާއަކާ ގުޅިގެނެވެ.

އަލީ އާދަމްގެ މައްޗަށް ކުރެވެނީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ރައްކާތެރިކަމުގެ އަމުރު ނެރެދީފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް ކަމުގެ ތުހުމަތު ކަމަށެވެ.

ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާކަމުގެ ތުހުމަތު އިސްމެޖިސްޓްރޭޓްގެ މައްޗަށް ކުރެވޭތީ މިމަހުގެ 18 ވަނަ ދުވަހު ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

މި މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް ވެސް މިހާރު އެކުލަވާލައިފައިވެ އެވެ.