ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒިން) އޭނާގެ ކޮއްކޮގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އަގުބޮޑު ލަގްޒަރީ އެޕާޓްމެންޓެއް ހަދިޔާކޮށްފި އެވެ.

ކައިޒީން މިކަން ހާމަކުރީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިއަދު ހިއްސާކުރި ވީޑިއޯއެއްގަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކައިޒީން އޭނާގެ ކޮއްކޮގެ އަތުގައި ހިފައިގެން އެޕާޓްމެންޓަށް ވަދެ، އެތަނުގެ ސޯފާގައި ތިބެގެން އެޕާޓްމެންޓާ ގުޅޭ ރަސްމީ އެގްރީމެންޓް ކޮއްކޮއާ ހަވާލު ކުރެ އެވެ.

https://www.tiktok.com/@kaizeenkai/video/7670478005055048980?is_from_webapp=1&sender_device=pc&web_id=7670503582182344212

ކުރިން މޯލްޑިވިއަންގެ ކެބިން ކްރޫއަކަށް އުޅުނު ކައިޒީން އޭނާގެ ކޮއްކޮއަށް ގަނެދީފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުޅަނގު ފަރާތުގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ އެޕާޓްމަންޓްތަކެއް ހިމެނޭ "ބޭފެންސީ ރެސިޑެންސް"ގެ އެޕާޓްމެންޓެކެވެ.

ކައިޒީން އޭނާގެ ކޮއްކޮއަށް ހަދިޔާކުރީ ކިތައް ކޮޓަރީގެ އެޕާޓްމެންޓެއް ކަމެއް ސާފެއް ނުވެ އެވެ.

ކައިޒީން މީގެ ކުރިން އޭނާގެ ކޮއްކޮއަށް ވަނީ އަގުބޮޑު ކާރެއް ވެސް ހަދިޔާކޮށްފަ އެވެ. އޭނާގެ ކޮއްކޮއަށް ދިން މި އަގުބޮޑު ހަދިޔާއާ ގުޅިގެން ގިނަ ބަޔަކު ދަނީ މިއީ އޭނާ ކިހިނެތް ހޯދި ފައިސާ ކަމާމެދު ސުވާލު އުފައްދަމުންނެވެ.

ކައިޒިން މީގެ ކުރިން ވެސް ވަނީ އުފަން ދުވަސް ފާހަގަކުރުމުގެ ހަވާ އަރުވައި ދުބާއީގައި ވެސް އުފަން ދުވަސް ފާހަގަކުރުން ބާއްވައިފަ އެވެ.

މީގެ އިތުރުން ކައިޒިން އޭނާގެ ބައްޕައަށް ގަނެދިން ބޯޓެއް ހޯދަން ދައުވާކޮށްފަ އެވެ.

ސިވިލް ކޯޓުގައި ކުރި ދައުވާގައި ވަނީ "މިހިރީ ނަންބަރު 5" ނަމަކަށް ކިޔާ ބޯޓެއް ގަންނަން 3.6 މިލިއަން ރުފިޔާ އޭނާގެ ބައްޕަ އިބްރާހިމް އަލީފުޅަށް ހަވާލުކުރި ކަމަށެވެ.

އިންސްޓަގްރާމްގައި މޮޑެލްކޮށް އުޅުނު ކައިޒިން މިފަހަކަށް އައިސް ސޯޝަލް މީޑިއާ އިން ފެންނަނީ ވެސް ވަރަށް މަދުންނެވެ.