މޮޑެލް އަދި އެކްޓަރު މިލިންދު ސޯމަން މިވަނީ ދާދި ފަހުން އޭނާގެ އެންމެ ފުރަތަމަ މޮޑެލް ކުރި ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެ ޕޯސްޓުގައި މިލިންދު ލިޔެފައިވާ ގޮތުން އޭރު އޭނާއަކީ ވަރަށް ލަދުރަކި މީހަކަށްވާތީ އެ ޕްރޮޖެކްޓު ނެގުމަށް ފަސްޖެހުނެވެ. ނަމަވެސް އެންމެ ގަޑިއިރެއްގެ މަސައްކަތައް 50،000 ރުޕީސް ދޭން ބުނުމުން ދެކޮޅު ނުހެދުނީ އެވެ.

މިލިންދު އިތުރަށް ބުނެފައިވާ ގޮތުން އޭރު މޮޑެލް ކުރުމަކީ ކެރިއާ އޮޕްޝަނެއްކަމެއް ނޭނގެ އެވެ.

"1989 ގައި އަހަރެންގެ ފުރަތަމަ އިޝްތިހާރު ކެމްޕެއިން ފެށުނީ. މީގެ ކުރިން މިއީ ކެރިއަަރަކަށް ވެދާނެ ކަމެއްކަން ނުވެސް އެނގޭ. ކޮންމެވެސް މީހަކަށް އަހަރެން ފެނިގެން އޭނާ ބޭނުންވީ ފޮޓޯ ނަގަން. އަހަންނަށް ލިބުނީ އޭނާގެ ކުއްލި ފޯނު ކޯލެއް. ޝުކުރިއްޔާ ރަސްނާ ބެލް،" މިލިންދު ބުންޏެވެ.

މޮޑެލެއްގެ ގޮތުގައި ކާމިޔާބު ހޯދުމަށްފަހު މިލިންދު ފެށީ އެކްޓް ކުރާށެވެ. އެގޮތުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޓީވީ ސީރީސްއެއްކަމަށްވާ ސީ ހޯކްސްއަދި ކެޕްޓަން ވްޔޮމް އިންނެވެ. އޭގެ އިތުރުން ރޫލްސް ޕްޔާރްކާ ސުޕަހިޓް ފޯމިއުލާ، ޖުރުމް އަދި ބާޖިރާއޯ މަސްތާނީ ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވެ އެވެ.