މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނުކަމަށް ބުނާ ޖަޕާން އަންހެން މީހާ އިމިގްރޭޝަނާއި ހަވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ މަގުމަތީގައި ސަލާންޖަހަން އުޅޭ ޖަޕާން އަންހެނެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ މައުލޫމާތު ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމަށްފަހު އޭނާ މިއަދު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ އަންހެން މީހާ ސަލާން ޖަހަން އުޅޭ ވީޑިއޯތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ބައެއް މީހުން ބުނެފައި ވަނީ ސަލާންޖެހީ ކާއެއްޗެއް ގަތުމަށް ފައިސާއެއް ދިނުމަށް އެދި ކަމަށެވެ. އަދި އެހެން ބައެއް މީހުން ބުނަނީ އެ ބިދޭސީ މީހާ ދިވެއްސަކާ އިނދެގެން އުޅުނުކަމަށާއި، އޭނާގެ ފަރާތުން އެއްވެސް އެއްޗެއް ނުލިބޭތީ އެހީއަށް އެދެނީ ކަމަށެވެ
އެމެރިކާއާއެކު އަލުން މަޝްވަރާކުރަން އަދި ނުނިންމަން: އީރާން
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
އިޒްރޭލަށް ރައްދު ދޭނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި
