މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ގޮތެއް ނިންމައި މާދަމާ އިއުލާން ކުރަން ނިންމައިފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ރައީސް ކަން ކުރައްވާ އެމްޑީއޭ އިން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މުހިއްމު ނިންމުންތަކެއް ނިންމަން މާދަމާ އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މިހާރު ވަނީ ޝެޑިއުލް ކޮށްފަ އެވެ. އަދި އެ ބައްދަލުވުމަށްފަހު ސިޔާމް ދެއްވާ ނޫސްކޮންފަރެންސެއް ވެސް މާދަމާ އޮންނާނެ އެވެ.
އެމްޑީއޭ އާއި ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝައުގުވެރިކަން ފާޅުކުރައްވާ ކަމަށް އެނގިފައިވެ އެވެ. އަދި ރައީސް ސޯލިހް ވަނީ އެމްޑީއޭގެ ލީޑަރު ސިޔާމްއަށް ކޯލިޝަންގެ މަޝްވަރާތަކަށް ދައުވަތު ދެއްވައި ސިޓީފުޅެއް ވެސް ފޮނުވާފަ އެވެ. އޭގެ އިތުރުން ރައީސް ސޯލިހްގެ އަރިސް ބޭފުޅުންތަކެއް އިއްޔެ ސިޔާމް އާ ބައްދަލު ކުރެއްވި ކަމަށް ވެސް އެނގިފައިވެ އެވެ.
މިދިޔަ ހަފުތާގައި ސިޔާމް ވެސް ރައީސް ސޯލިހާ ބައްދަލުކުރެއްވި އެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކޯލިޝަނެއް ހަދައިގެން ނިކުންނަން ރައީސް ސޯލިހް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެދައުވަތު އެމަނިކުފާނު ވަނީ މިހާރު ސަރުކާރުގައި ތިއްބެވި ކޯލިޝަން ޕާޓީތަކަށް ވެސް ދެއްވާފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ޕާޓީއަކުން ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމާފައެއް ނުވެ އެވެ.
ސިޔާމް އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ އާއެކު އެވެ. ނަމަވެސް 2018 ވަނަ އަހަރު އެ ޕާޓީއާއެކު ކޯލިޝަނެއް ހަދާފައެއް ނުވެ އެވެ.
ވިޔަފާރި ވެރިން ނަށް ބައި އަޅާލީދޯ
ކޯޓުން ކަޑައެޅި ލާރިކޮޅު ދިނީތަ ތިޔަދެޕާޓީލިބުނެެމަ ދެން އެވީ