ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއީލާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށައެޅި މައްސަލަ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއީލާ ގުޅޭގޮތުން ޖޭއެސްސީ ބެލީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. 2021 ޑިސެމްބަރު 13 ވަނަ ދުވަހު ބަލަން ފެށި އެ މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ތ.ހި ރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުﷲ ހުސައިން، ތ. ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ގާޒީ ސޮފްއަތު ރިޝްވަތު ހިފި ކަމަށް ބުނާ މައްސަލަ ޖޭއެސްސީއަށް
ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިއްޖެ
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން