އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

އޭނާ ހޯދުމުގެ މަަސައްކަތް 72 ގަޑިއިރު ކުރުމަށްފަހު އެމްއެންޑީއެފުން މިހާރު ވަނީ ހޯދުމުގެ މަސައްކަތް ހުއްޓާލާއިފި އެވެ.

އާގަލާ ބޯޓުގައި ރޯވެ އަޑިއަށް ދިޔައީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ބޯޓުގައި އަލިފާން ރޯވިއިރު ޖުމްލަ 15 މީހުން ތިބި ނަމަވެސް މި ހާދިސާ ތެރޭގައި ބޯޓުގައި ހުރި އިންޑިއާ މީހަކު ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި 5 ދިވެހިންނާއި އިންޑިއާ 5 މީހަކާއި ބަންގްލަދޭޝްގެ 5 މީހުން ހިމެނެ އެވެ.

ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ހުއްޓާލިއިރު، މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2،164 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވެ އެވެ.

އާގަލާ ބޯޓަކީ އައްޑުއާއި މާލެއާއި ދެމެދު ދަތުރު ކުރާ ބޯޓެކެވެ. އަލިފާނުގެ ހާދިސާގައި ބޯޓުވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ.