ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް އޭނާގެ 30 ވަނަ އުފަން ދުވަސް މާދަމާ ފާހަގަ ކުރާއިރު މިއަހަރު އޭނާގެ އުފަން ދުވަސް ހޭދަ ކުރާނީ ކިހިނެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. އޭނާގެ ކައިވެންޏާއި އަލަތުދަރިފުޅު ވިހެއުމަށްފަހު އަންނަ ފުރަތަމަ އުފަންދުވަށް ވާތީ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މާދަމާއަކީ އާލިއާގެ އުފަން ދުވަސް ކަމުން ފިރިމީހާ ރަންބީރު ވަނީ އޭނާއަށްޓަކައި ވަރަށް ހާއްސަ ސަޕްރައިޒެއް ތައްޔާރުކޮށްފަ އެވެ.

އެގޮތުން "ރަހާގެ މަންމަ" ޖަހާފައިވާ އުފަން ދުވަހުގެ ހާއްސަ ކޭކަކަށް ރަންބީރު އޯޑަރު ދީފައިވާއިރު ވަރަށް އަވަހަށް އާއިލާ އެކުގައި ލަންޑަނަށް ދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ކައިވެނިކުރި ރަންބީރުއާއި އާލިއާއަށް އަލަތު ދަރިފުޅު، ރަހާ ލިބިފައިވާއިރު އެ ދެތަރިން ވެސް އަންނަނީ ރަހާއާ ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އަންނަނީ އެ ދެތަރިން އެކުގައި ފެންނަ ބްރަހްމާސްތުރަ ޕާޓް ޓޫގެ މަސައްކަތް ފަށަން ތައްޔާރު ވަމުންނެވެ.