ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަމުންދިޔަ ސ. މަރަދޫ ފޭދޫ، ރަށްދެބައިގެ އަހަރުގެ އިބްރާހިމް ފައިހް ނިޒާމް 25، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފައިހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ އަމިއްލައަށް މިރޭ ފުލުހަށް ހާޒިރުވުމުން ކަމަށް ފުލުހުން ބުނެ އެވެ.

ފައިހް ފުލުހަށް ހާޒިރުވެފައި މިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށެވެ.

މާލޭގައި އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނަކީ ވެސް ފައިހް ނިޒާމް ހޯދުމަށް ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ވޭތުވެ ދިޔަ ދުވަސްތަކަށް ބަލާއިރު މާލެ ސަރަޙައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން ވަނީ އިތުރުވެފަ އެވެ. މިކަމާ ގުޅިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގާ، މީހުން ގިނައިން އެއްވާ ސަރަޙައްދުތައް މޮނިޓާކޮށް ބެލުމުގެ މަސައްކަތް ކުރަމުންނެވެ.